ދަރިންނަށް އަދަބާއި އަހްލާގް ދަސްކޮށްދޭން ޖެހޭ: ހުތުބާ
ދެންމެ | 11 އޭޕްރިލް 2025

ދަރިންނަށް އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާކުރުމަށް އެޅޭ ބާރެއްކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލު ކުރައްވައިފައިވާ އަމާނާތެއް ކަމަށެވެ. އަދ މިއަދު އެ ކުދީން ހެޔޮ ގޮތުގައި ތަރުބިޔަތުކުރެވިއްޖެ ނަމަ، މާދަމާ އެ ކުދީންގެ މަންފާ އަހަރެމެންނަށް ކުރާނެކަމަށް މިއަދުގެ ހުތުބާގައި ބުންޏެވެ.

އެހެންކަމުން ދަރީންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރާން ދަސްކޮށްދިނުމަށް ހުތުބާގައި ގޮވާލި އެވެ. ހާއްސަކޮށް ފަރުޟު ފަސްނަމާދު އަދާކުރާ ބަޔަކަށް އެ ކުދީން ހެދުމަށްވެސް ހުތުބާގައި އިލްތިމާސްކުރި އެވެ.

”އަހަރެމެންގެ ދަރީންނަށް، އިލްމުގެ އިތުރަށް، އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ، ގައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެކެވެ. އިސްލާމްދީން މި ކަމަށް ބާރުއަޅައި، ހިތްވަރުދެނީ، ދަރީން ތަރުބިޔަތުކުރުމަށް އެހެން ހުރިހައި ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށެވެ.“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިއްޔަތު ކުރުމަކީ، އެ ކަމުގައި ޤާއިމުވެ ތިބި ބަޔަކަށް މާތް الله ސަވާބާއި ދަރުމަ ދެއްވާނެވެސް ކަމެއް ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިޔަތު ކުރުމަކީ، އެ ކަމުގައި ޤާއިމުވެ ތިބި ބަޔަކަށް މާތް الله ސަވާބާއި ދަރުމަ ދެއްވާނޭ ކަމެކެވެ. އަދި އެ ކަންކަމަށް އިސްލާމް ދީނުގައި މައިންބަފައިންނަށް ހިތްވަރުދޭކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!