ކައިމޫ އަކީ ގ. މޫނިމާގޭ މޫމިނާ ޙަލީމް ގެ ކުންފުންޏެކެވެ. ގ. މޫނިމާގެއަކީ ފައްޔާޒް އިސްމާޢިލްގެ ޢާއިލީ މަސްލަޙަތު އޮންނަ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އިން ތަރައްޤީ ކުރަމުން އަންނަ ބިމެކެވެ.
ބިގްގެ އެއް ޝެއަރހޯލްޑަރަކީ ޕޮލިސް ޢިމާރާތްތަކެއް އަޅަން ސޮއިކޮށް އެޑްވާންސް ފައިސާދީ މަސައްކަތް ނުކޮށް ފިލައިގެން އުޅޭ އިންޑިއާ ކުންފުންޏެކެވެ. މި ކުންފުނިން ބިގް ގެ ޝެއަރގަތުމާއެކު މޫނިމާގެ ޢިމާރާތްކުރުން އަވަސްވެގެން ވަނީ ގޮސްފައެވެ.
އައްޑޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ޑިޒައިންކޮށް ކޮންޓްރެކްޓަރ ހޮވުމުގެ މަސައްކަތްކޮށްފައިވަނީ ފައްޔާޒް އިސްމާޢިލްގެ މިނިސްޓަރުކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލަޕްމަންޓުނެނެވެ. ޑިޒައިން ކުރި އިރުވެސް އީކުއޭޓަރ ވިލެޖްގެ ލޭބަރ ކުރާޓަރ ހުރި ޢިމާރާތާ ބިމަކީ ޓޫރިމް މިނިސްޓްރީން ކައިމޫއަށް ދީފައިވާ ބިމެއްކަން ފައްޔާޒަށް އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކުންފުނީ މެނޭޖްމަންޓަށް އެނގޭނެއެވެ. އެހެންކަމުން އެ ބިން ލިބޭނެކަން ޔަޤީންނުކޮށް އެގޮތަށް މަގު ޑިޒައިންކުރުމުގެ މަޤުޞަދާމެދު ސުވާލުއުފެދެއެވެ. އެ ޢިމާރާތް ނާރާނެހެން މަގު ޑިޒައިން ކުރެވެން އޮއްވާ ނުކުރި ސަބަބާ މެދުވެސް ސުވާލު އުފެދެއެވެ.
ޕްރޮޖެކްޓް ޑިޒައިންގެ މަސައްކަތް ކުރިއަށް ދިޔައިރު ކައިމޫ އިން އީކުއޭޓަރ ވިލެޖްގެ ވެލުއޭޝަނެއް ހަދާފައިވެއެވެ. އެ ވެލުއޭޝަން އެދުވަސްވަރު ހެދީ ކީއްވެހެއްޔެވެ؟
އޭގެ ފަހުން މަގަށް އަރާ ޢިމާރާތް ނެގުމަށް ކުރެވުނު މަޝްވަރާގައި 25 ހަކަށް މިލިއަން ޑޮލަރުދީފައި އީކުއޭޓަރ ވިލެޖް އެއްކޮށް ސަރުކާރަށް ނަގަން ކައިމޫ އިން ޑިމާންޑް ކުރީ ކީއްވެހެއްޔެވެ؟
މިއީ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުން ބަދަލު ދިނުމަށް ރާވައިގެން ފައްޔާޒް އިސްމާއިލް އަޑީގައި ހުރެގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ.