އެސްފިޔާގައި ހުންނަނީ އިސްތަށި ތަ!
ދެންމެ | 20 އޭޕްރިލް 2025

އެސްފިޔައަކީ އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނުގެ ރައްކާތެރިކަމަށް މުހިންމު އެއްޗެކެވެ. އެހެންކަމުން އެސްފިޔަ ވަރުގަދަކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ދިގު އަދި ބޯ އެސްފިޔަތައް ގުދުރަތީ ގޮތުން ލިބިފައިވުމަކީ އެއީ ވަރަށް މަދު މީހަކަށް މިންވަރުވާ ނަސީބެކެވެ. އެހެންކަމުން، މި ރީތި ސިފަ ހޯދުމަށް ގިނަ މީހުން އާޓިފިޝަލް ފޭކް އެސްފިޔަތައްވެސް ލައްވާ ހަދައެވެ.

އެސްފިޔަ ވަރުގަދަކުރުމަށް ކުރެވޭނެ ކަންތައްތައް ގިނައެވެ. މިކަންކަމަކީ ފަސޭހައިން ކުރެވޭނެ ކަންތައްތަކެވެ. ނަމަވެސް މިކަންކަން އާދަވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަކީ މުހިންމު ކަމެކެވެ. އެސްފިޔައިގެ ރައްކާތެރިކަމަށް އަޅާލުން މުހިންމެވެ.

އެސްފިޔައަކީ މޫނުގެ ރީތިކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެސްފިޔަ ރީތިކޮށް ބެލެހެއްޓުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ. މިގޮތުން އެސްފިޔަ ރީތިކުރުމަށް ބޭނުންކުރެވިދާނެ ގޮތްތަކާއި ތަކެތި ވަރަށް ގިނައެވެ.

މިފަހަރުގެ ލިޔުމުގައި އަހަރެމެން މި ބަލާލަނީ މަސްކަރާއާއި ނުލާ ތިބާގެ އެސްފިޔަތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

 

ކާނާ

އެސްފިޔަ ވަރުގަދަކުރުމަށް އެންމެ މުހިންމު އެއްކަމަކީ ރަނގަޅު ކާނާ ލިބުމެވެ. ވިޓަމިން އޭ އަދި ވިޓަމިން ސީ ގިނަ ކާނާ ކެއުމަކީ އެސްފިޔައަށް ފައިދާކުރާނެ ކަމެކެވެ. އެސްފިޔަ ރީތިކުރުމަށް ކާނާގެ ދައުރު ވަރަށް މުހިންމެވެ. ވިޓަމިން އީ އާއި ބަޔޯޓިން އެކުލެވޭ ކާނާ ކަމުގައިވާ މަސް، ބިސް، އަދި ތަރުކާރީގެ ބާވަތްތައް ކެއުމުން ބުމައާއި ބޮލުގެ އިސްތަށްޓާއި އެސްފިޔަތަކަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިއްބައިދޭނެއެވެ.

 

ލޮލުގެ ކަސްރަތު

ލޮލަށް ހާއްސަ ކަސްރަތު ކުރުމުން އެސްފިޔަ ހުންނަ ފަށަލައިގައި ދުޅަހެޔޮކޮށް ލޭ ދައުރުވުމަށް މަގުފަހިވެ އެވެ. ނަމަވެސް މިފަދަ ކަސްރަތުތައް ކުރަންވާނީ ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. ލޮލަށް ހާއްސަ ކަސްރަތަކީ އަބަދު ސްކްރީނަށް ބަލަހައްޓާ މީހުންނަށް ރަނގަޅު ކަމެކެވެ.

 

ލޯ ކައިރި މަސާޖުކުރުން

ލޯ ކައިރި މަސާޖުކުރުމަކީ އެސްފިޔައަށް ލޭ ދައުރުވުން އިތުރުކޮށް، އެސްފިޔަ ވަރުގަދަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިކަން ކުރަންވާނީ ވަރަށް މަޑުމައިތިރިކޮށް، އިނގިލިތަކުގެ ކޮޅުން ލޯ ވަށައިގެންވާ ސަރަހައްދުގައި މަޑުމަޑުން މަސާޖްކޮށްގެންނެވެ.

 

ނިދުމުގެ ކުރިން އެސްފިޔަ ސާފުކުރުން

ނިދުމުގެ ކުރިން އެސްފިޔަ ރަނގަޅަށް ސާފުކުރުމަކީ އެސްފިޔައަށް ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން އެސްފިޔައަށް އަރާމު ލިބި، އިންފެކްޝަންތަކުން ރައްކާތެރިވެވެއެވެ. އަދި މިކަމުގެ ސަބަބުން އެސްފިޔަ ދުޅަހެޔޮކަމާއެކު ހުންނާނެއެވެ. މަސްކަރާއާއި ފޭކް ލޭޝްއާއި ލޮލުގެ މޭކްއަޕް ބޭނުންކުރާ މީހުން މިކަމަށް ފަރުވާތެރިވާންވާނެއެވެ.

 

ކޮސްމެޓިކް އުފެއްދުންތައް

މިހާރުގެ ޒަމާނުގައި އެސްފިޔަ ރީތިކުރުމަށް ޚާއްޞަކޮށް އުފައްދާފައިވާ ގިނަ ބާވަތްތައް މާރުކޭޓުގައި ލިބެން ހުރެއެވެ. މީގެ ތެރޭގައި އެސްފިޔަ ސީރަމް، އެސްފިޔަ ގްރޯތް އޮއިލް، އަދި އެސްފިޔަ ކޮންޑިޝަނަރ ހިމެނެއެވެ. މި ތަކެތި ބޭނުންކުރާއިރު އުފެއްދުންތެރިޔާގެ އިރުޝާދުތަކަށް ސަމާލުކަން ދިނުން މުހިންމެވެ.

 

ބައެއް ބާވަތުގެ ތެޔޮ

އެސްފިޔަ ރީތިކުރުމަށް ގުދުރަތީ ގޮތްތައް ބޭނުންކުރުމަކީ އެންމެ ރަނގަޅު އަދި ރައްކާތެރި ގޮތެވެ. އެގޮތުން، އިތުރު އެއްޗެއް އެއްކޮށްފައިނުވާ ސާފު އާމަނަކަ ތެޔޮ ނުވަތަ ކާށި ތެޔޮ ފަދަ ތަކެތި ބޭނުންކުރެވިދާނެއެވެ. ނުވަތަ ފާމަސީ އިން ލިބެން ހުންނަ ވިޓަމިން އީ ކެޕްސޫލްސްވެސް ހޭކިދާނެއެވެ. މި ތަކެތި ރޭގަނޑު ނިދަން އޮށޯންނައިރު އެސްފިޔައިގައި ލުމުން މަސްތަކެއްގެ ތެރޭގައި ވަރަށް ރަނގަޅު ނަތީޖާއެއް ފެނިގެންދާނެއެވެ.

 

ނޯޓް: އެސްފިޔަ ރީތިކުރުމަށް މަސައްކަތް ކުރާއިރު، އެސްފިޔަ އިތުރަށް ނުވެއްޓޭނެ ގޮތަށް ގިނަ ތަކެތި އެއްފަހަރާއި ބޭނުންނުކުރާށެވެ. އަދި އާ އުފެއްދުމެއް ބޭނުންކުރުމުގެ ކުރިން އެލަރޖީ ޓެސްޓެއް ހެދުމަކީ މުހިންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!