އެމްޑީޕީން އިބޫ ބާކީކުރަން ބަގުރޫޓް ފައްޔާޒާއި ސާހިދު ރިޔާސީ ކެމްޕޭން ފަށައިފި
ދެންމެ | 23 އޭޕްރިލް 2025

އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕް އަތޮޅުތަކަށް ދަތުރުތަކެއް ފަށަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޡް އިސްމާއީލް އަދި ޕާޓީގެ ރައީސް އަބްދުالله ޝާހިދު ރަސްމީ ދަތުރެއްގައި މާދަމާ ދެ އަތޮޅަކަށް ފުރާނެކަމަށެވެ.

ފައްޔާޒި ދިޔުމަށް ހަމަޖެހިފައިވަނީ ށ. އަތޮޅަށެވެ. ޝާހިދު ދިޔުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. ދެ ބޭފުޅުންގެ މި ދަތުރުގައި ވެސް އެ އަތޮޅުގެ ހުރިހާ ދާއިރާއަކަށް ދާނެކަމަށް އެމްޑީޕީން ބުނެއެވެ.

މި ދަތުރުތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރު ގިއަރަކަށް މަތި ކުރުމާ ގުޅޭގޮތުން ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރާނެކަމަށް އެމްޑީޕީން ބުނެއެވެ.

އޭގެ އިތުރުން، މި ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ދީ އެ ކަންކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކުރާނެކަމަށް އެމްޑީޕީން ބުނެއެވެ.

މި ދަތުރުތަކުގައި ޕާޓީގެ ޗެއާޕާސަނާއި ރައީސާއި އެކު ޕާޓީގެ ލީޑާޝިޕްގައި އިތުރު މެމްބަރުންވެސް ބައިވެރިވާނެކަމަށް އެމްޑީޕީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!