ނެޝަނަލް ސާރވިސް ޕްރޮގްރާމަށް ވަރަށް އަވަހަށް ހުޅުވާލާނަން: ރައީސް
ދެންމެ | 23 އޭޕްރިލް 2025

ސްކޫލްތައް ނިންމާ ދަރިވަރުންގެ ތެރެއިން ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަން މަޖުބޫރުވާ ނޭޝަނަލް ސާވިސް ޕްރޮގްރާމެއް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަނގަޅު ނަތީޖާ ނުލިބޭ އަދަި ވަޒީފާ ނުލިބޭ ކުދިން 16 އަހަރުވުމުން ނޭޝަނަލް ސާވިސް ޕްރޮގްރާމުގައި ބައިވެރިވާންޖެހޭނެކަަމަށް ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދޔަ އަހަރގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވީ މި ޕްރިގްރާމް ގެންދަނީ ގާނޫނު ހަދާ އޭގެ ދަށުންކަމަށެވެ.

ސިފައިންގެ ހިދުމަތަށް 133 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނެޝަނަލް ސާވިސްގެ މަސައްކަތް އެ ހިދުމަތަށް ކުރިމަތިލުމަށް ހުޅުވައިލުން ދާދިއަވަހަށް އޮންނާނެކަށެވެ. މީ ޒުވާނުންގެ އަހްލާގު ރަނގަޅުކުރުމަށާއި ސިފައިންގެ އަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމެެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“ އެ ހިދުމަތުގެ ތެރެއިން، މައިގަނޑުގޮތެއްގައި ތަމްރީނުވެގެން އަންނަ ޒުވާނުންނަށް އިހްތިޔާރުކުރަން ބޭނުންނަމަ، އިހްތިޔާރުކުރުމުގެ ފުރުސަތު މިދެވެނީ ސިފައިންނާ ގުޅުމަށް. އެއީވެސް މި ދެންނެވި ވިސްނުމުގައި، ސިޔާސަތުގެ ތެރެއިން، އެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ދެވި، އަގްލާގު ރަނގަޅު، ގައުމަށް ފައިދާހުރި ބަޔަކަށް އެ ޒުވާނުން ހެދުމާ އެކުގައި، ސިފައިންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް.“ ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގުމަށް ބަޖެޓުގައި މިދިޔަ އަހަރުވެސް 400 މިލިއަން ރުފިޔާ ހިމަނުއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް އެ ޕްރޮގްރާމަށް 400 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!