މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފިއެވެ.
21 އަހަރު އަންހެނަކު މާލޭގެ ގެއެއްގެ ނުވަނަ ފްލޯއިން ވެއްޓުނު މައްސަލައިގައި އެ އަންހެން މީހާއެކު އެ އިމާރާތުގައި އުޅުނީ ރައުދު އަހުމަދު ޒިލާލެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ފޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރައުދުގެ ފަރާތުން ”ކޮލަބަރޭޝަން“ގެ ނުވަތަ އެއްބާރުލުންދިނުމުގެ މައްސަލައެއް އެބަ އުޅޭ ކަމަށެވެ. އެހެންކަމުން ރައުދު އަލުން ހައްޔަރު ކުރުމަށް ކޯޓު އަމުރަށް ވާނީ އެދިފައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ނޫސްވެރިންގެ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ އަންހެން މީހާ ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ އިރުއޮއްސި 6:20ގައި ދަށުން ރައުދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، ރައުދާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ޖުމްލަ ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާަފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަދި މި މައްސަލައާ ގުޅިގެން މާންދޫ ޓްރެސް އާއި ދެ ވަނަ ފަންގިފިލާ އާއި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގެ ތިން ވަނަ ފަންގިފިލާ ފާސްކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.