ޓްރެފިކް ޖޫރިމަނާއިން ސަލާމަތްވުމަށްޓަކައި ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު 14،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮޮށްފި އެވެ.
އދ. ދަނގެތި މީހަކު 14،440ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2020 ވަނަ އަހަރު އޭނާ ލައިސަންސް ނެތި މާލޭގައި ދުއްވި މައްސަލާގައި ޖޫރިމަނާ ކުރަން ފުލުހުން އުޅުމުން ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމުންނެވެ. އޭނާ ހުއްޓުވީ ސިނަމާލެ ބްރިޖުން ބާރު ސްޕީޑްގައި ސައިކަލް ދުއްވުމުންނެވެ.
ޖޫރިމަނާ ކުރަންވެގެން ފުލުހުން އޭނާގެ ނަން އެހުމުން އޭނާ ދިނީ މާލޭ މީހެއްގެ ނަމެވެ. އެ ނަމުގައި ޖޫރިމަނާ ސްލިޕް ފުރުމަށްފަހު އެ ސްލިޕްގައި އޭނާގެ އިނގިލީގެ ނިޝާން ވެސް ޖެހި އެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރީ ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ.
އެ ދައުވާއަށް އޭނާ ކޯޓުގައި އެއްްބަސްވެ، ވީހާ ވެސް ލުއި އަދަބެއް ދޭން އެދުނެވެ. އެ ކުށުގެ އަސްލު އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. 14،440ރ. އަކީ އެ އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން ޖެހޭ މިންވަރެވެ.
ކޯޓުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި ހުކުމުގައި އަންގާފައިވަނީ އެ ފައިސާ ތިން މަަސް ތެރޭގައި މީރާއަށް ދެއްކުމަށެވެ