ފެނުނީ ޖެންޒީ ޖެނެރޭޝަންގެ ކުޅަދާނަ ކަމާއި އިންސާފު ހޯދަން އަޑު އުފުލި މަންޒަރެއް ނޫނެވެ.
ބޭއަދަބީ ބަސްތަކާ އަހުލާގީ ގޮތުން ދަށްވެފައިވާ މިންވަރެވެ.
ބޭއަދަބީ ބަސްތަކުން އިހްތިޖާޖްކޮށްގެން ބޭއަދަބީ ވައްތަރުތައް ޖައްސާ މީހުންގެ އަބުރު ކަތިލާ އަންހެނުންނާ ފިރިހެނުން އެއްވެ ހަޔާތް ނަގައިލައިގެން މުޒާހަރާ ކުރުމަކީ އަނިޔާލިބުނު ފަރާތަށް އިންސާފު ހޯދައިދިނުމެއް ނޫނެވެ.
ސިޔާސީ ރަނޑިން ދަސްކޮށްދިން މިހުތުރު ނަމޫނާ ދައްކަން ޒުވާންޖީލެއް ނެރެ މަގުމަތީގެ ކަރާމާތް ނަގާލުމަކީ މޮޅު ކަމެއް އަދި ސަޅިކަމެއް ނޫނެވެ.
އިންސާފަށް އެދި އަޑު އުފުލާ މަސައްކަތްކުރަންވީ އިސްލާމީ ހުދޫދުގެ ތެރެއިންނެވެ.
ސިޔާސީން ނިކުމެ ތިކުޅިވަރު ކުޅެގެން އައިސް އެމީހުންގެ ވެރިކަމުގައި ވެސް އިންސާފު ހޯދައިދިން މަރެއް އަނިޔާއަކަށް އިންސާފު ލިބުނު މީހެއްނެތެވެ.
ޑްރަގް ބޭނުންކޮށްގެން ޕާރޓީކުރާ މީހުން އެކުރާ ކަމަކީ ނޯމަލައިޒް ކަމެއް ކަމަށް ހަދާ އެއީ އެމީހުންނަށް ލިބިގެންވީ ހައްގެއްކަމަށް ދައްކާ އިންސާނީ ކަރާމާތް ނަގާލަން ފުރުސަތު ދިނުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ.
ޕާރޓީކޮށް ޑްރަގް ބޭނުންކޮށް އެކަން ނޯމަލއިޒްކޮށް ޒުވާންޖީލެއް ހަލާކުވަމުންދާތާ އެތައް ދުވަހެކެވެ. އިންސާފުގެ ކުރިމަތީގައި ނެޕޯ ބޭބީ އެއް އެހެން ބޭބީއެއް އޮވެގެންނުވާނެއެވެ.
އެކަމަކު އަދަބު އަހުލާގުން ބޭރުވެ ސިޔާސީ ރަނޑިން މުޒާހަރާތަކުގައި އުޅޭ ގޮތަށް ޒުވާންޖީލެއް ނެރެ އުޅެން ދަސްކޮށްދިނުމަކީ އިންސާފު ހޯދަން އަޑުއުފުލުމެއް ނޫނެވެ.