ބޮއެގެން ސިޑި ގޮޅީގައި ޕައްޓިތަޅައި އޮރިޔާންވެ، ވެއްޓުމުގައި ފުލުހުން ކުށަކީ ކޮބާ!
ދެންމެ | 27 އޭޕްރިލް 2025

ގެއެއްގެ ފުޅާމަތީގައި ހަބަރު ހުސްވެފައި އޮއްވައި ހޮސްޕިޓަލަށް ގެންދިޔަ ޒުވާން އަންހެން ކުއްޖާ އެހާލަތަށް ދިޔަ ސަބަބާމެދު އާންމުންގެ މެދުގައި އެކި ގޮތް ގޮތަށް ގެންދަނީ ސުވާލު އުފައްދަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި އޭނާ ކުޑަ ދޮރުން ބޭރަށް ކޮއްޕައި ވައްޓާލީއެވެ. ކާކު ހެއްޔެވެ؟ އެއީ އޭނާއާއެކު އެ ގޭތެރޭގައި އުޅުނު ފިރިހެން ކުއްޖެއް ނުވަތަ ކުދިންތަކެއް ކަމަށް ވެސް އެމީހުން ދެކެއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އޭނާ އަމިއްލައަށް ވެއްޓުނީއެވެ. ކީއްވެ ކިހިނެއް ހެއްޔެވެ؟

ސަބަބަކީ އޭނާ މަސްތުގެ ހާލަތުގައި ހުރެ، ދެވޭ ނުދެވޭ ތަނެއް، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލަތުގައި ހުރެ، ކުޑަ ދޮރުން އޭނާ ފުންމާލީއެވެ.

ފުލުހުން ދެކޭ ގޮތުގައި މިއީ ގޭންގް ރޭޕް ކޭސްއެއް ނޫނެވެ. އަދި އޭނާ އެ އިމާރާތުން ވެއްޓުމުގައި އެހެން މީހެއްގެ ބައިވެރިވުންވާކަން މިހާތަނަށް ހޯދި ހޯދުންތަކުން ފެންނާކަށް ނެތެވެ. ފުލުހުން ބުނީ، އެ ކުއްޖާއާއި އޭނާއާއެކު އިމާރާތުގައި އުޅުނު ފިރިހެން ކުއްޖާވެސް ތިބީ މަސްތުވެގެންނެވެ. ވަރަށް ބޮޑަށެވެ.

ފުލުހުން ދައްކާ ވީޑިއޯތައް އެނަލައިސް ކޮށްލުމުން ބޮޑަށް ބެލެވެނީ އެޕާޓްމަންޓްގެ އެކި ތަންތަން ބަލަމުން ދިޔަ ދިއުމުގައި އެކުއްޖާއަށް ކުޑަ ދޮރު ފާހަގަ ކުރެވުނީ ތަނަކަށް ވަންނަ ދޮރެއް ކަމަށް ގަބޫލުކުރެވުން އެކަށީގެންވެއެވެ. އަދި އެތަނަށް ވަނުމަށްޓަކައި ކުޑަ ދޮރު ގިރާ ކުރުމުން އޭނާ ވެއްޓުނީއެވެ.

އެ ވީޑިއޯ އެނައިސް ކުރާއިރު ބެލެވޭ އަނެއް ތިއަރީއަކީ، ބޮއެގެން މަސްތުވެގެން ހުރި ވަރުން އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި، ކުޑަ ދޮރުން ފުންމާލުމެވެ. އަދި ފުންމާލުމުން ފުރާޅު މައްޗަށް ވެއްޓުނީއެވެ.

ދެން އޮތީ ފިރިހެން މީހާ އެކަން ރިޕޯޓް ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ފުލުހުންގެ ހޯދުންތަކުން އެނގޭ ގޮތުގައި މިހާރު ޕާސްޕޯޓް ހިފަހައްޓާފައިވާ އެ ކުއްޖާވެސް ހުރީ އާދަޔާ ޚިލާފަށް މަސްތުވެފައެވެ. އޭނާއަށްވެސް ކުރެވޭ ނުކުރެވޭ ކަންކަން ސާފުކޮށް އެނގޭ ވަރަށްވުރެ މަސްތުގެ ދުނިޔެއަށް ގެނބިފައިވަނީ މާބޮޑަށެވެ.

އެހެންކަމުން ދެމީހުންގެ އަމިއްލަ ރުހުމުގައި މަސްތުވެ، ބަދުއަހުލާގީ އަމަލު ހިންގައި، ދެންވެސް ނުބައިވެގެންވާ ގިނަ ކަންތައްތަކެއް ކުރުމަށް ފަހު އެކަމުގެ ނިމުން އައި ގޮތުން ވަކި ބަޔަކު ކުށްވެރި ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމާ ގުޅުން ހުރި ފަރާތްތައް ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުރިއިރު އެމީހުންގެ ހަރަކާތްތައްވެސް އެހުރީ އެނގޭށެވެ. އެހެންކަމުން އެކަންކަން ދިރާސާކޮށް ބަލާއިރު، އެކުއްޖާ އަމިއްލައަށް ފުންމާލައިގެން ފުރާޅު މައްޗަށް ވެއްޓުން ނޫން ގޮތަކަށް އަދި ހާދިސާ ދިރާސާ ކުރެވޭކަށް ނެތެވެ. އެއީ މި ހިނދަށް ލިބެން ހުރި ހެކިތަކަށް ބަލާއިރުއެވެ.

މިކަމުގައި ދިވެހި ފުލުހުންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ފުލުހުން އެގެންދަނީ އެތަނުން ފެނުނު ހެކިތައް ހިފެހެއްޓުމެއް ނެތި ނޫސްވެރިންނަށާއި އާންމުންނަށް ހާމަކުރަމުންނެވެ. ފުލުހުން ބުނަމުން ގެންދަނީ މި ވަގުތަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަންތައްތަކެވެ. އެހެންކަމުން ފުލުހުން ކަންތައްތަކެއް ފޮރުވުމުގައި، އިންސާފު ހޯދައިދިނުން ނޫން މަސްލަހަތެއް ފުލުހުން އިސް ނުކުރާނެކަން ޔަގީނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!