މަސްތުވެ، ވެއްޓުނު ޔުމްނުގެ އާއިލާއިން ވަޒީރު އިހްސާނު އާވެސް ބައްދަލު ކުރައްވައިފި އެވެ.
ރައީސް ޑރ. މުއިއްޒާ ވަކިން ބައްދަލުކުރުމަށް ފަހު އާއިލާ އިން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ވެސް ވަކިން 15 ވަރަކަށް މިނިޓަށް ބައްދަލުކޮށް ކަންބޮޑުވުންތަކާއި ތަހުގީގުގައި ހުރި މައްސަލަތައް ކިޔައި ދީފަ އެވެ.
އިހުސާންއާ ސުވާލު ކުރުމުން ވިދާޅުވީ، މި ތަހުގީގުގެ ތެރޭގައި ފެތުރޭ ދޮގުތަކާއި ތެދު ވާހަކަތައް ވެސް ޔުމްނުގެ އާއިލާއާ އަށް އޭނާ ވިދާޅުވެ ދެއްވި ކަމަށެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ، ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހާއްސަ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރުގެ އިތުރުން އެ ކޮމިޝަނުގައި އިތުރު ހަތަރު ބޭފުޅަކު ތިއްބަވަ އެވެ.
ރިޔާސީ ކޮމިޝަން އުފައްދަވައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، އެ ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.