މާމަލާމެލިން އިސްތައްޓަށް ލައްޒަތު ހޯދުން!
ދެންމެ | 01 މެއި 2025

އިސްތަށިގަނޑު ރީތިކުރުމަށް ބޭނުންކުރާ ގުދުރަތީ ބާވަތެއްގެ ގޮތުގައި މަލިކުރުވާ މަލުގެ ބޭނުންހިފޭކަން އެނގޭ ހެއްޔެވެ؟ އިސްތަށިގަނޑު ރީތިކުރުމަށް ޒަމާނުއްސުރެ މަލިކުރުވާ މާ ބޭނުންކޮށް ހަދައެެވެ. ޚާއްޞަކޮށް އިންޑިއާގެ އާންމު ރައްޔިތުންގެ މެދުގައި މި މަލުގެ ބޭނުން ކުރުން ވަރަށް އާންމެވެ. މިއީ ރާއްޖޭގައި ވަރަށް ފަސޭހައިން ހެދޭ މަލުގެ ބާވަތެކެވެ.

އިސްތަށިގަނޑު ރީތިކުރުމަށް މަލިކުރުވާ މާ ބޭނުންކުރަން ފަށާފައިވަނީ އިންޑިއާގެ އާޔުރުވޭދިކް ބޭސްވެރިކަމުގެ ތެރެއިންނެވެ. މީގެ ހާހަކަށް އަހަރު ކުރިން އިންޑިއާގެ ބޭސްވެރިން މި މަލުގެ ބޭނުން ކުރަން ފެށިއެވެ. އޭރުއްސުރެ މިއަދާ ހަމައަށްވެސް އިސްތަށިގަނޑު ރީތިކުރުމަށް އިންޑިޔާ މީހުން މި މާ ބޭނުންކުރެއެވެ. މި މަލަކީ ވިޓަމިނާއި އެންޓިއޮކްސިޑެންޓްސް އަދި ބޭސްވެރިކަމަށް މުއްސަނދި މާއްދާއެެއް ކަމުގައިވާ އަލްކަލޮއިޑްސްއިން މުއްސަނދި މަލެކެވެ.

 

މަލިކުރުވާ މާ ބޭނުންކުރާ ގޮތް

މަލިކުރުވާ މާ ބޭނުންކުރުމުގައި އެންމެ އާންމު ގޮތަކީ މި މާ ހިއްކައި، ފުޅިއަށް ލައި، ޕައުޑަރު ހަދައިގެން ބޭނުންކުރުމެވެ. މި ޕައުޑަރު ކާށި ކިރާއި އެއްކުރުމަށްފަހު ބޯ ދޮވެލުމުގެ ކުރިން އިސްތަށިގަނޑުގައި އުނގުޅާލައިގެން ހެއާ މާސްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. މި ހެއާ މާސްކްގެ ފައިދާ ހޯދުމަށް 30 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް ދޮވެލާށެވެ. ނޫނީ އެލޯވެރާއާއި މާމުއިއާއި އެއްކޮށްގެން ހަފްތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ބޭނުންކުރުމުން އިސްތަށިގަނޑުގެ ކުރަކިކަން ނައްތާލާ، އޮފްކަން ގަދަ ކަމަށް ނަތީޖާ ދައްކާނެއެވެ. މީގެ އިތުރުން މަލިކުރުވާ މަލުގެ ޕައުޑާ، ކާށި ތެޔޮ ނުވަތަ ބޮލުގައި ލާ އެހެން ވައްތަރެއްގެ ތެލާއި އެއްކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ.

 

މަލިކުރުވާ މަލުގެ ފައިދާތައް

މަލިކުރުވާ މަލުން އިސްތަށިގަނޑަށް ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:

– އިސްތަށި ނުރަވުމުން ދުރުހެލިކޮށް، އިސްތަށީގެ ކުލަ ރީތިވުން

 

– އިސްތަށި ބޯވެ، އިސްތަށި ފައިބާ މިންވަރު މަދުވުން

 

– ބޮލުގައި ހަންފޮޅުމުގެ މައްސަލަތައް ރަނގަޅުވުން

 

– އިސްތަށިގަނޑު ދިގުވެ، އިސްތަށީގެ ދުޅަހެޔޮކަން އިތުރުވުން

މަލިކުރުވާ މާ ބޭނުންކުރުމުގައި ބައެއް ކަންކަމަށް ސަމާލުވާން ޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ ފަހަރު ބޭނުންކުރާއިރު ކުޑަ މިންވަރަކުން ބޭނުންކޮށް، އެލަރޖިކްވާ އެއްޗެއްތޯ ބެލުމަށް ޓެސްޓުކުރުން މުހިންމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!