ކެތި ލައިގެންފި މޫސުމަށް ސަމާލުވޭ: މެޓް
ދެންމެ | 05 މެއި 2025

ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ”ބުރުނު“ ނިމި ތިންވަނަ ނަކަތް ”ކެތި“ ލައިގެންފިއެވެ.

ކެތި ފެށުމުން ވިއްސާރަ ވިލާގިނަވާން ފަށާނެ ކަމަށް ލަފާކުރެވެއެވެ. އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅަށް ކުރަން ފަށަނީ މިނަކަތުގައެވެ. އިހުން ސުރެ ބުނެވޭ ގޮތުގައި މަސްވެރިންކަން މިދުވަސްވަރު ދަށްވާނެއެވެ.

މިއަށްފަހު ދެން އޮތީ ޖޫންޖުލައިގެ ގަދަ ވިއްސާރައެވެ. މެއިމަހުގެ 20ވަނަ ދުވަހުން ޖޫންމަހުގެ 2ވަނަ ދުވަހަށް ”ރޯނު“ ނަކަތުގެ ގަދަ ވިއްސާރަ ކުރިއަށް ދާނެއެވެ. ކަނޑު ގަދަވެފައި ވިއްސާރަކުރާނެއެވެ. ރޯނު ނަކަތުގައި ވިއްސާރައަކީ ގަދަ ވިއްސާރައެކެވެ.

ހުޅަނގު މޫސުމުގައި ހިމެނެނީ 18 ނަކަތެވެ. އަދި އިރުވައި މޫސުމުގައި ހިމެނެނީ ނުވަ ނަކަތެވެ.

 

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

އައްސިދަ

ބުރުނު

ކެތި

ރޯނު

މިއަހެލި

އަދަ

ފުނޯސް

ފުސް

އަހުލިހަ

މާ

ފުރަ

އުތުރަ

އަތަ

ހިތަ

ހެއި

ވިހާ

ނޮރަ

ދޮށަ މިއެވެ.

މީގެ ކުރިން ނަކަތަށް ބަލައިގެން ދެ މޫސުން ވަކިކުރި ނަމަވެސް ރާއްޖެއަށް ހުޅަނގު މޫސުން ފެށުނު ކަމަށް މިހާރު ބަލާ މިންގަނޑަކީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެން ދިޔުމަކީވެސް ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެވެ.

މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެންދިޔުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!