މާތްﷲގެ ވާގިފުޅާއިއެކު އިސްރާއިލް ވައިގެ މަގުން ހިސޯރުކޮށް ބަންދު ކުރާނަނެ ކަމަށް ޔަމަނުގެ ވެރިކަން ކުރާ ހޫތީން ބުނެފި އެވެ.
ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ: ޣައްޒާއަށް ދުޝްމަނުންގެ އަނިޔާވެރިކަން ފުޅާކުރުމަށް ނިންމި ނިންމުމާ ގުޅިގެން އެއާޕޯޓްތަކަށް ތަކުރާރުކޮށް ހަމަލާ ދީ ދުޝްމަނުންނަށް ( އިޒްރޭލަށް) ފުރިހަމަ ވައިގެ ބްލޮކޭޑެއް އިއުލާންކޮށް ވައިގެ މަގުން އިޒްރޭލަށް ކުރާ ދަތުރުތައް ހުޓުވަން ނިންމާފައި ވާ ކަން އިއުލާންކުރަމެވެ.
– ބައިނަލްއަގްވާމީ ހުރިހާ އެއާލައިންތަކުން އިޒްރޭލުގެ އެއާޕޯޓްތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށް، ދުޝްމަނުންގެ މައްޗަށް ވައިގެ ބްލޮކޭޑް ކުރުމަށް ޔަމަނުން ނިންމި ނިންމުމަށް ތަބާވުމަށް އަޅުގަނޑުމެން ގޮވާލަމެވެ.
– އަދި ލުބުނާނާއި ސީރިޔާ ފަދަ އަރަބި ޤައުމުތަކަށް އިސްރާއީލުން ދެމުން ދާ އަނިޔާވެރި ހަމަލާ ތަ ޔަމަނުން ބަލައިނުގަންނާނެވެ.