އަންހެން ނޫސްވެރިއަކަށް ޔާމީނާއި ޕީއެންއެފްގެ ވެރިން ޖިންސީ ފުރައްސާ ކުރި މައްސަލައެއް ހޫނުވެއްޖެ
ދެންމެ | 12 މެއި 2025

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ޕީޕިަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެމަނިކުފާނުގެ ގެކޮޅުގެ ސިޓިންގ ރޫމުގައި ބާއްވާ ޖަލްސާގައި ސަންގު ޓީވީގެ ނޫސްވެރިޔަކަށް ފުރައްސާރަކޮށްފިއެވެ.

ސަންގު ޓީވީގެ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަ ކުރުމުގައި ޔާމީން އަދި ޕީއެންއެފްގައި އިސްކޮށް މަސައްކަތްކުރާ މީހުންވެސް ވަނީ ބައިވެރިވެފައެވެ. އެ ނޫސްވެރިޔާއަށް ފުރައްސާރަ ކުރަން ފެށީ އެޕާޓީގެ ޖަލްސާތަކުގައި ވާހަކަދައްކާ އަދި އެޕާޓީގެ ހަރަކާތްތަކުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދުއެވެ. އޭގެ ފަހުން އެ ފުރައްސާރަށް ހިތްވަރުދީ ޔާމީނާއި ޖަމީލުގެ އިތުރުން ޖަލްސާގެ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޔާމީން އަދި ޕީއެންއެފްއަށް ވަރަށް ބޮޑަށް ފާޑުކިޔަންފާށާފައެވެ.

ޕީއެންއެފުން ބާއްވާ ޖަލްސާތަކުގައި މީހުންނަށް ފުރައްސާރަކޮށް މަލާމާތްކޮށް މީހުންނާ ދިމާކޮށްހަދާފައި ވެއެވެ. މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުއިއްޒުއަށް ސުވަރުގެ ނުދެވޭނެކަމަށް ވެސް ކުރީގެ ނައިބްރައީސް އަދި ޕީއެންއެފް އެކްޓިވިސްޓް ޑރ ޖަމީލް ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ޖަމީލްއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!