ފޯނުން ގޭމު ކުޅެމުން ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، ލައިސަންސާއި ސައިކަލު ހިފަހައްޓައިފިއެވެ.
މި މީހާ ސައިކަލު ދުއްވަމުން ފޯނުން ގޭމު ކުޅެން އިން މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. މި މީހާ ގޭމް ކުޅެމުން ސައިކަލް ދުއްވާއިރު އޭނާގެ ފަހަތުގައި އޭރު ސައިކަލުގައި އެހެން ވެސް މީހަކު އިންނަތަން ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެމީހާގެ ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. ލައިސަންސް ވެސް ހިފެހެއްޓީ މަަސްދުވަހަށެވެ. އަދި އޭނާ ވަނީ 2،000 ރުފިޔާއިން ވެސް ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ގުޅުންހުރި ލިޔުންތައް