ކޮޅުފުށީގައި ދެ ދޯނި ދޭތެރެއަށް ފިތި މީހަކު ނިޔާވެއްޖެ.
ދެންމެ | 10 މެއި 2022

މ. ކޮޅުފުށީގައި ދެ ދޯނި ދޭތެރެއަށް ފިތިގެން ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ދެ ދޯނި ދޭތެރޭގައި މީހަކު ފިތިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:41 ގައި ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ މީހާ ފިތުމުން އިތުރު ފަރުވާއަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހުސްޕިޓަލުން ބުނިކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ވެސް ދަނީ ބަލަމުންކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!