މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ ރައުދު އަހްމަދު ޒިލާލަށް 22 އަހަރު ފުރުނީ ބަންދުގައި ހުއްޓައެވެ.
މޭ 20 ވަނަ ދުވަހު ރައުދު 22 އަހަރު ފުރިހަމަކުރިއިރު، އޭނާ ވަނީ ޔުމްނުގެ މައްސަލާގައި ބަންދުކޮށްފައެވެ.
ފުލުހުން ރައުދު ހައްޔަރުކުރީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތަހުގީގަށް ބަންދުގައި ބަހައްޓަން ޖެހޭކަމަށް ބުނެ، ހާދިސާ ހިނގިތާ ހަފްތާއެއް ފަހުންނެވެ. ފުލުހުންގެ ތަހުގީގަށް ރައުދުގެ ބަންދު މުއްދަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. ފުރަތަމަ ދެ ފަހަރު 15 ދުވަހަށް، ދެން ފަސްދުވަހަށް އަދި އެންމެ ފަހުން 20 ދުވަހަށެވެ. ފަސްދުވަހުގެ ބަންދު އަމުރު ހައިކޯޓުގައި ރައުދު އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގަނެ ޝަރީއަތް ފެށުމަށް ތައްޔާރުވެފައެވެ.
ގުޅުންހުރި ލިޔުންތައް