ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑުކޮށް، ޖަވާބުދާރީވާން އަންގައިފި
ދެންމެ | 20 މެއި 2025

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑުކޮށްފި އެވެ.

ޒީނިއާއާ ގުޅޭ މައްސަލަތަކެއް ބަލާތީ އޭނާ މިއަދު ސަސްޕެންޑް ކުރީ ތިން ދުވަހުގެ މުއްދަތަކަށެވެ.

ބްރޯޑްކޮމްގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ޒީނިޔާ ސަސްޕެންޑް ކުރީ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެއްބާރުލުން ނުދޭތީއާއި ކޮމިޝަންގެ މެންބަރުންނަށް އިހްތިރާމު ނުކުރުން ފަދަ މައްސަލަތަކެއް ހުރެގެން ކަމަށެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑުކޮށްފައި މިވަނީ އެ ކޮމިޝަންގެ މެންބަރުން ނުފޫޒާއި އުނދަގުލާ ހެދި މަސައްކަތް ކުރަން ދަތިވާ ކަމަށް ބުނެ ކޮމިޝަންގެ ގިނަ އަދަދެއްގެ މެންބަރުން ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ޒީނިޔާ އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅި އެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ ޒީނިޔާގެ ނަން އަނބުރާ ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!