ވެމްކޯއިން ވަޒީފާ ލިބި ނިއުމާ އަލުން މާލެ ބަދަލުވެއްޖެ
ދެންމެ | 20 މެއި 2025

ދިވެހި ފިލްމީ ދާއިރާއިން މާޝްހޫރު ނިއުމާ މުހައްމަދު އަލުން މާލެއަށް ބަދަލުވެއްޖެއެވެ.

ނިއުމާގެ ގާތް ރަހުމަތްތެރިންނާ ހަވާލާދީ މި މައުލޫމާތު ލިބިފައިވާއިރު، އޭނާ މިހާރު ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތުލިބެއެވެ.

މިއަހަރުގެ ކުރީކޮޅު ނިއުމާ ވަނީ މާލެއިން ދިރިއުޅުން ބަދަލުކޮށް ފ. ނިލަންދޫއަށް ގޮސްފައެވެ. އޭނާ އޭރު ސޯޝަލް މީޑިއާގައި ބުނެފައިވަނީ މާލެ ދޫކޮށްލީ ”ހާލުގައި ޖެހުމުން“ ކަމަށެވެ. ދަރިފުޅު ޒޯޔާ ހަސަންއާއެކު މާލެއިން ދުރަށް ބަދަލުވަމުން، އޭނާ ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި ލިބުނު ހިތި ތަޖުރިބާތަކުން ފިލާވަޅު ނަގައިގެން ކަމަށް ފާހަގަކޮށްފައެވެ.

މިގޮތުން 1994 ވަނަ އަހަރުން ފެށިގެން ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ނިއުމާ 2019 ވަނަ އަހަރު އެކްޓިން ދޫކޮށްލިކަމަަށް އިއުލާނުކުރިއެވެ. ނަމަވެސް 2023 ވަނަ އަހަރު އަމިއްލަ ސްޓޫޑިއޯއެއް ތައާރަފުކޮށް ފިލްމެއް ނެރި ޕްރޮޑަކްޝަންގެ ތެރެއަށް ވަނެވެ.

އޭނާގެ މާލެއަށް އެނބުރި އައުމާގުޅޭ ގޮތުން ވެމްކޯއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!