ސާރވަރ ޑައުން ކޮށްލައި މުދަލަށް ގެއްލުންދީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަދު މުވައްޒަފުން ކޮޅެއް ކޮމިޝަނުގެ މަސައްކަތް ހުއްޓުވައި ގެއަށްގޮސްފިއެވެ.
އެކޮމިޝަނުގެ އޮފީހަށް ހާޒިރުވި މުވައްޒަފުންގެ ތެރެއިން ދެތިން މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފައިވަނީ ތަނުގެ ސާރވަރ ޑައުންކޮށް ކިމިޝަނުގެ މަސައްކަތްތައް ހުއްޓުވާލައި މުދަލަށް ގެއްލުންދީފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސިޔާސީ ފަރާތްތަކެއް އަޑީގައި ތިބެ ކޮމިސަނުގެ ތެރޭގައި ހާޖާނު ހެދުމަށްޓަކައި ދެތިން މުވައްޒަފުން ވެގެން ވަނީ ޕެޓިޝަނެއް އުފައްދައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފަ އެވެ.
ގުޅުންހުރި ލިޔުންތައް