މިގޮތުން ތައިލެންޑްގައި މެއި 11 އިން 17 އަށް 33,030 އައު ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވާއިރު މީގެ ތެރެއިން 6,000 އަށްވުރެ ގިނަ ކޭސް ބެންކޮކުން ރިޕޯޓުކުރިއެވެ. އެ ސަރަހައްދުގައި ފެތުރިފައިވަނީ، ލެބޯޓްރީ ޓެސްޓުތަކުން ފެންނަ ގޮތުން، އޮމިކްރޮން ވޭރިއަންޓުގެ އެކްސްއީސީ ސްޓްރެއިން އެވެ.
ސިންގަޕޫރުގައިވެސް ކޭސްތައް އިތުރުވެފައިވާއިރު، އޭޕްރިލް 27 އިން މެއި 3 އަށް ކޭސްތައް 11,100 އިން 14,200 އަށް އަރާފައިވެއެވެ. ހޮސްޕިޓަލައިޒޭޝަންވެސް ދުވާލަކު 102 އިން 133 އަށް އިތުރުވެފައި ވާއިރު، އައިސީޔޫގެ ކޭސްތައް ވެސް އަންނީ އިތުރުވަމުންނެވެ. އެގައުމުގައި އެންއމެ ގިނައީ އެލްއެފް.7 އަދި އެންބީ.1.8 ވޭރިއަންޓްތަކެވެ.
ހޮންކޮންގްގައި ޕޮޒިޓިވިޓީ ރޭޓް އޭޕްރިލް 6 އިން 12 އަށް 6.21 ޕަސަންޓުން 13.66 ޕަސަންޓަށް އިތުރުވެފައިވެއެވެ. އޭޝިއާގައި ކޮވިޑް-19 ކޭސްތައް މައްޗަށް ދާއިރު، އިންޑިއާގައި މެއި 20 ގެ ނިޔަލަށް 257 އެކްޓިވް ކޭސްގެ ރިޕޯޓު އޮތްއިރު، ގިނަ ކޭސްތަކަކީ މެދުމިނުގެ ކޭސްތަކެވެ. އިންޑިއާއިން އެންމެ ގިނަ ކޭސް ރިޕޯޓުކުރަނީ ކެރަލާ، މަހަރާޝްޓްރާ އަދި ތަމިލް ނާޑޫއިންނެވެ.