ރާއްޖޭގައި އަމިއްލައަށް ވަރިވާން އެދޭ އަންހެނުންގެ އަދަދު އިތުރުވެއްޖެ
ދެންމެ | 23 މެއި 2025

ރާއްޖޭގައި އަމިއްލައަށް ވަރިވާން އެދޭ މީހުން އަދަދު އިތުރުވެއްޖެއެވެ.

 

ނިމިދިޔަ އޭޕްރީލް މަހު ފެމިލީ ކޯޓުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަމިއްލައަށް ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ އަދަދު އެހެން ބާވަތްތަކުގެ ވަރީގެ މައްސަލަތަކަށްވުރެ އިތުރެވެ.

 

ފެމިލީ ކޯޓުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޭޕްރީލް މަހު ޖުމުލަ 113 ވަރި ކޮށްދީފައިވެއެވެ. މިއީ މާރިޗް މަހާ އަޅާބަލާއިރު 100 ޕަސަންޓު އިތުރު އަދަދެކެވެ. މީގެ އިތުރުން އޭޕްރީލް މަހު 181 ކައިވެނި ކޮށްދީފައިވާކަން ފެމިލީ ކޯޓުން ބުންޏެވެ.

 

ވަރީގެ މައްސަލަތަކަށް ބަލާއިރު، ވަރިވުމަށް އެދި ހުށަހެޅުނު މައްސަލަތަކަކީ އެންމެ ގިނަ މައްސަލަތަކެވެ. އޭޕްރީލް މަހު ވަރިވުމަށް އެދި 60 މައްސަލަ އަލަށް ހުށަހެޅުނެވެ. މީގެ އިތުރުން މާރިޗް މަހުން ބާކީވި 97 މައްސަލަ އޮތްއިރު، އޭޕްރީލް މަހު ޖުމުލަ 68 މައްސަލަ ނިންމައި، 89 މައްސަލަ ނުނިމި ބާކީވިއެވެ. އަދި ވަރި ސާބިތުކުރުމަށް އެދި އޭޕްރީލް މަހު 60 މައްސަލައާއި، ވަރި ކުރުމަށް އެދި 31 މައްސަލަ ހުށަހެޅިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!