މިއަދަކީ މިއީ މި އަހަރުގެ މިހާތަނަށް މިކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
މިއަދަކީ އަހަރުގެ އެންމެ ރީތި އެއް ތާރީހެވެ. 25/5/2025 އެވެ. ރީތި ތާރީހު ތަކުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި ވެސް މި ފަހުން ވަރަށް ބޮޑަށް ޓްރެންޑް ވެފައިވާ ކަމެކެވެ.
ފެމިލީ ކޯޓުން ބުނީ މިއަދު (25 މޭ 2025) މިއީ މި އަހަރުގެ މިހާތަނަށް މިކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމަށެވެ.
އެހެން ކަމުން ކޯޓަށް އަންނަ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ކަމަށް ބުންޏެވެ.
ކޯޓްގެ ބޭރުގައި ވަނީ ޓެންޓް ޖަހާ ގޮނޑި ޖަހާފަ އެވެ.
ފެމިލީ ކޯޓުން ބުނި ގޮތުގައި އެ ކޯޓްްގައި މިއަދު 59 ކައިވެނި ކޮށް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ ރަސްމީ ގަޑީގައި އޮންނަ 23 ކައިވެންޏާއި ނުރަސްމީ ގަޑީގައި 36 ކައިވެންޏެވެ.
ފެމެލީ ކޯޓުން ބުނީ މިއަދު 22 ފަރާތެއް ވަރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.