ކުރީގެ ފިރިމީހާ އާއި މިހާރު ލޯބިވެރިޔާ އާއި ދެމެދު މާރާމާރީ ހިންގައި ދެ މީހުންނަށް ހާނިކަ ވެއްްޖެ
ދެންމެ | 25 މެއި 2025

ހުޅުމާލޭގައި އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާއި ދެމެދު ހިނގި މާރާމާރީއެއްގެ ތެރެއަށް ޢާއިލީ ބަޔެއް ބައިވެރިވެ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި ހުޅުމާލޭ ބުރެވިގަސް މަގުގައި ހުރި ލޮޓެއް ކައިރީ މާރާމާރިއެއް ހިނގައިގެން މިއަދު 13:00 ހާއިރު އެ މުއައްސަސާއަށް ރިޕޯޓްކޮށްފަވެއެވެ.

ފުލުހުން ބުނިގޮތުގައި މި ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން ވަނީ ސީނަށް އެޓެންޑްވެ، ބެލިބެލުމުން އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާގެ މެދުގައި މާރާމާރިއެއް ހިނގާފައިވާކަމަށް އެނގުނުކަމަށެވެ. އަދި މި މާރާމާރީގެ ތެރެއަށް ޢާއިލާ ބަޔަކުވަދެ ހަމަނުޖެހުން ހިންގާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި އެކަކުގެ ބޯފެޅި ތަފާތު އެކި އަނިޔާތައް ދެ މީހުންނަށް ވެސް ވަނީ ވެފައެވެ. ނަމަވެސް އެ ދެމީހުންނަށް ވެސް ފަރުވާދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިކަމާއި ގުޅިގެން އެ ދެމީހުން ވެސް ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައިކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މީގެ އިތުރުން މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!