މައްސަލަ ސުޕީޑްގައި ހައްލުކޮށް، ކަރަންޓް ދޭންފަށައިފި
ދެންމެ | 01 ޖޫން 2025

މާލޭ ސަރަޙައްދުން ކަރަންޓް ކެނޑި މާލެ އާއި ހުޅުމާލެ މިއަދު ޓޯޓަލް ބްލެކްއައުޓަކަށް ގޮސްފައިވީ ނަމަވެސް އައިޖީއެމްއެޗަށް މިހާރު ވަނީ ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ، މިހާރު މާލެއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓު ދީފައިވާ ކަމަށެވެ.

“މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.” ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަޙްމަދު މުޙައްމަދު މިއަދު މީޑިއާތަކާ ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އަދި ދިމާވެފައިވާ މައްސަލަ ދެނެގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި، މިވަގުތު މާލެ އާއި ހުޅުމާލެ އޮތީ “ޓޯޓަލް ބްލެކްއައުޓެއް”ގައި ކަމަށްވެސް އަޙްމަދު ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން މިކަން ހާމަކޮށްފައިވާއިރު، މާލޭ ސަރަޙައްދުން މިއަދު ކަރަންޓް ކެނޑި މާލެ އާއި ހުޅުމާލެ ޓޯޓަލް ބްލެކްއައުޓަކަށް ގޮސްފައިވާ މައްސަލަ ބެލުމަށް ރައީސް އެންގެވުމާ ގުޅިގެން ފުލުހުން ހާއްސަ ތަހުގީގެއް މިހާރު ވަނީ ފަށައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!