ވިހި ޕަސެންޓް ދިވެހިން ތިބީ ދަރާފައި: އެމްއެމްއޭ
ދެންމެ | 23 ޖުލައި 2022

ދިވެހިން ކްރެޑިޓަށް ތަކެތި ނަގާ ވަރު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، އެންމެ ބޮޑަށް އިތުރުވީ ޕާސަނަލް ލޯނާއި ކްރެޑިޓް ކާޑު ނެގި އަދަދެވެ. އެ ލޯނުތަކުން ގިނައީ ރީޓެއިލް ވިޔަފާރިތަކުން ނަގާފައިވާ މުދަލެވެ.

އާންމު ގޮތެއްގައި ލޯނު މެދުވެރިކޮށް ސައިކަލާއި މޯބައިލް ފޯނާއި އިލެކްޓްރޯނިކް ގިނަ ސާމާނެއް ނަގަ އެވެ.

ފުރަތަމަ ކުއާޓަރުގެ މުއްދަތުގައި ކޮންސްޓްރަކްޝަން ދާއިރާ އިން ނެގި ލޯނުގެ އަދަދުު ވަނީ އެއް ޕަސެންޓް އިތުރުވެފަ އެވެ.

ފުރަތަމަ ކުއާޓަރުގައި ލޯނާއި ކްރެޑިޓް ފެސިލިޓީިތައް މެދުވެރިކޮށް ބޭންކްތަކުން ފައިސާ ނެގި ވަރު ވެސް ވަނީ 28 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އޭގެ ތެރެއިން 38 ޕަސެންޓް އިތުރުވީ ޓޫރިޒަމް ދާއިރާއިންނެވެ. އޭގެ ތެރޭގައި އާ ރިސޯޓު ހެދުމަށާއި ރިސޯޓުތަކުގެ މަރާމާތަށް ނަގާ ލޯނުތައް ހިމެނެ އެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި ކޮވިޑާ ގުޅިގެން ޓޫރިޒަަމް ދާއިރާގެ ހިންގުމަށް ނަގާ ލޯނުތައް ވެސް ވީ އިތުރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!