ޓުވީޓަރ އިން ޓުރަމްޕަށް އަލުން ފުރުސަތު ދެނީ
ދެންމެ | 11 މެއި 2022

ސޯސިއަލް މީޑިޔާ ޕްލެޓްފޯމް ޓުވީޓަރއިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕައް އަލުން ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނީގެ ވެރިޔާ އެލަން މަސްކް ވިދާޅުވެއްޖެ އެވެ.

ޓްވިޓަރ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވަނީ ހުސްވިއަހަރު ޓްރަމްޕްގެ ސަޕޯޓަރުން ނިކުމެ މުޒާހަރާކޮށް، އެމެރިކާގެ މަޖިލިސް ކުރާގެއަށް ވަދެ ހަމަނުޖެހުން ހިންގައި، އަނިޔާވެރިކަމާއެކު ކުރިމަތިލުންތަކެއް ގެންގޮސްފައިވުމާއެކު، މިފަދަ ކަންކަން ތަކުރާރުވުމުގެ ބިރު ހީވެފައިވުމުންނެވެ.

ޓްރަމްޕްގެ ޓްވިޓަރ ސަަސްޕެންޑު ކުރަމުން ޓްވިޓަރ އިން ބުނީ، ޓްރަމްޕް އެންމެ ފަހުން ކުރައްވާފައިވާ ޓްވީޓްތަކަށް ބެލުމަށްފަހު، އެޓްވީޓްތަކުން އަނިޔާވެރިކަމަށް އިތުރަށް މަގުފަހިވާފަދަ ގޮތަކަށް ލިޔެފައިވުމުން ’ރިއަލް ޑޮނަލްޑް ޓްރަމްޕް‘ ގެ ނަމުން ނަންދެވިފައިވާ ޓްރަމްޕްގެ އެކައުންޓް ދާއިމީކޮށް ސަސްޕެންޑު ކުރެވިފައިވާކަމަށެވެ.

ނަމަވެސް އޭރުގެ ޓްވިޓަރގެ ނިންމުން ބަދަލުކުރާނެ ކަމަށް މިހާރު ޓްވިޓަރގެ ވެރިފަރާތްކަމަށްވާ މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިލިއަނަރ އީލަން މަސްކް ވަނީ އިއްޔެ ހާމަކޮށްފައެވެ. ނަމަވެސް މިކަމާ ބެހޭގޮތުން ރަސްމީކޮށް އެއްވެސް ލިޔުމެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

ޓްވިޓަރ އިން ޓްރަމްޕް ސަސްޕެންޑު ކުރުމުން ޓްރަމްޕާއި، ޓްރަމްޕްގެ އާއިލާގެ ގިނަބަޔަކު ވަނީ ނުރުހުންފާޅުކޮށްފައެވެ. އަދި މިކަން މިގޮތަށް ނުކުރެވޭނެކަމަށްބުނެ އެމެރިކާގެ ކޯޓަކަށްވެސް މައްސަލަ ހުށައަޅާފައިވެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!