އެސްޓީއޯގެ ފިޔާ ޝިޕްމަންޓް ނެރެ، ޗޫސްލާފައި ވިއްކަން ފަށައިފި
ދެންމެ | 07 އޯގަސްޓް 2025

އެސްޓީއޯގެ ފިޔާ ޝިޕްމަންޓް ބާޒާރަށް ނެެރެ ވިއްކަން ފަށައިފިއެވެ.

ދުވަސްތަކެއް ކުރިން ފިޔާ ލިބުން ދަތިވީ މޫސުން ގޯސްވުމާ ގުޅިގެން ވިޔަފާރިވެރިންނަށް ފިޔާ އެތެރެނުކުރެވިގެންނެވެ. އަދި ފިޔާ ހިފައިގެން އައި ބައެއް ބޯޓުތައް މާލޭ ވިޔަފާރި ބަނދަރަށް ވަތް ނަމަވެސް މޫސުން ގޯސްވެގެން މުދާ ބޭލުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، މި ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވިދަތިތަކަކާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން މާކެޓްސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެއ ްކަމަށެވެ.

”އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން މިވަގުތު ފިޔާ ލިބެން ހުންނާނެ،“. އޮފިޝަލް ވިދާޅުވިއެވެ.

އެސްޓީއޯއިން ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުންނާނީ 15ރ. އަށެވެ. އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!