ގޯތި މައްސަލައިގައި ބަވާތީ މިނިސްޓަރ ފައްޔާޒު ބޭބެ އިބުރާ ރަތަށް އަރައިފި
ދެންމެ | 03 އޯގަސްޓް 2022

މާލެއިން ގޯތިދޭ މައްސަލާގައި މާލޭ މީހުނަށް ބަވާތީ، ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވުމުން މިހާރު އުވާލާފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާޢީލް (އިބްރާ) ރަތަށް އަރައިފިއެވެ.

މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާތީ އެމްޑީޕީގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަންވެސް ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) މިއަދު ވަނީ އެފަރާތްތަކަށް ރައްދު ދެއްވާފައެވެ.

އިބްރާ ވިދާޅުވީ މާލޭ ރައްޔިތުން ނިކުމެ ހިއްކިބިމުން ރާއްޖެތެރޭ މީހުންނަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ގޯތި ދީފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޯތިތަކުގެ ނަންތައް އިބުރާ ފާހަގަކުރަށްވާފައިވެއެވެ. އަދި އެކަމާ ގުޅިގެން މާލޭ މީހުންނަށް ނުބެވުމަށް އިބުރާ އެދިވަޑައިގެންނެވިއެވެ.

”މިކަމާ މާލޭ މީހުނަށް ނުބަވާ.“ ހިލޭ ގޯތި ދޫކުރުމުގެ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކުރަށްވަމުން އިބުރާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!