ފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ދެންމެ | 21 އޮކްޓޯބަރ 2025

ފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ފެމެލީ ކޯޓުގެ ޤާޒީގެ މަޤާމަށް އައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައެޅުއްވި 2 ބޭފުޅުންނަކީ ލ.މާބައިދޫ ހަވީރީމަންޒިލް، އަލްއުސްތާޛު އަޙްމަދު މަޢުޞޫމް އަދި ރ.ހުޅުދުއްފާރު އިލާޒާ، އަލްއުސްތާޛު މުޙައްމަދު ޒާހިދުއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ، މި ދެ ބޭފުޅުން މަޤާމުގެ ހުވާކުރެއްވުން އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިކަމަށެވެ. އެ ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.

2020 ޖަނަވަރީ 21 ވަނަ ދުވަހުން ފެށިގެން ފެމެލީ ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމު އަދާކުރައްވަމުން ގެންދަވާ އަލްއުސްތާޛު އަޙްމަދު މަޢުޞޫމް ވަނީ އަލް އަޒްހަރު ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން ސޯޝަލް ސަރވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗެލަރސް އޮފް ޝަރީޢާ ވިތު އޮނަރސް އަދި ވިލާ ކޮލެޖުން ޕޯސްޓް ގްރެޖުއޭޓް ސަރޓިފިކެޓް އިން ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ޒާހިދުއަކީ އަލް އަޒްހަރު ޔުނިވަރސިޓީއިން ބެޗެލަރ އޮފް އާޓްސް އިން ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ފޮލިސީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޑެޕިއުޓީ ސްޓޭޓް އެޓާރނީ އެއްގެ ގޮތުގައި 2011 ޖޫން 22 އިން 2013 އޮގަސްޓް 14 އަށް އަދި ޕްރިންސިޕަލް ކައުންސެލްގެ ގޮތުގައި 2016 އޮގަސްޓް 11 އިން 2018 ނޮވެންބަރު 17 އަށް އެޓަރނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޒާހިދުވަނީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން 2013 އޮގަސްޓް 15 އިން 2016 މާރިޗު 08 އަށް ފަނޑިޔާރުކަން ކުރައްވާފައެވެ.

މީގެ އިތުރުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 6 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެސް ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!