މޯހަން ބަގާންއިން އިންޑިޔާގެ ގައުމީ ޓީމް ބަލިކޮށްފި
ދެންމެ | 11 މެއި 2022
މޯހަން ބަގާންއިން އިންޑިޔާގެ ގައުމީ ޓީމް ބަލިކޮށްފި އެވެ.
އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން، އިންޑިޔާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗުން، އޭޓީކޭ މޯހަން ބަގާން ބުދަ ދުވަހު، ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޯހަން ބަގާން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި އިންޑިޔާގެ ގައުމީ ޓީމުން ޖެހި ލަނޑު ޖެހީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އަށްޑިހަ ހާސް މީހުންގެ ޖާގައިގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މި މެޗު ކުޅުނީ ކުޅިބެލުންތެރިން ނުވައްދައެވެ.

އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައް ފެށޭނީ އަންނަ ހަފުތާގައެވެ. އަންނަ ހަފުތާގައި ކަލްކަތާގައި ފެށޭ ގުރޫޕް ޑީގައި މޯހަން ބަގާންގެ އިތުރުން ދެން ހިމެނެނީ އިންޑިޔާގެ ގޯކުލާމް ކެރެލާއާ، ރާއްޖޭގެ މާޒިޔާ އަދި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!