ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ ހައްދެއް ސުމާރެއް ނެތި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިރޭ އެމްޑީޕީ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް ހިފެހެއްޓުމެއް ހުރަހެއް ސުމާރެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް ހިތަށް އެރިހާ ވާހަކައެއް ލިޔެ ބުނެ ފާޅުކުރުމުގެ މިނިވަން ކަން މިހާރު ރާއްޖޭ އެބަ އޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެކޮޅު ބޭފުޅުންނާއި ދެކޮޅު ބޭފުޅުން ވެސް މި ހައްގުގެ ބޭނުން ކުރައްވާ މިންވަރުގައި ހައްދެއް ނެތް ކަމަށެވެ.
ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަސީދު ރައީސް ސޯލިހް ޒުވާން ޖިންސުންލަތީފަކާއި ޖިންސީ ގުޅުން ހިންގާ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެފައިވާ ދުވަސް ވަރެއްގަ އެވެ.