ޒުވާން ޖިންސުންލަތީފަކާއި ރައީސް އިބޫ އިސްގީ ޖަޒުބާތުތައް ހިއްސާ ކުރެއްވި ކަމަށް ރައީސް އަންނި ވިދާޅުވި ފަހުން ފަސްލޭޑީ ފަޒޫ އާއި ރައީސް އިބޫ ފުރަތަމަ ފަހަރަށް އެއްކޮށް ފެނިލައިފި އެވެ.
ރޭ ކުރިއަށް ދިޔަ ނެޝަނަލް ޓޮޕް ޓެން ހަފްލާގައި ދެ ކަނބަލުން ޖެހިގެން ތިބި ނަމަވެސް މޫނުމަތި ސާފް ނޫން ކަމަށް ލޯބީގެ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
“ މަންޒަރު ދިރާސާ ކުރާއިރު އެއްފުރޭމަކުން ފެންނަން ތިއްބެވި ނަމަވެސް ދެކަނބަލުން ތިއްބެވީ އެކުގައެއް ނޫން. ބޮޑަށް ބެލެވެނީ ތައުލީމީ ދާއިރާގެ އެ ހަފްލާއަށް ފަޒޫ ވަޑައިނުގެން ފިއްޔާ މާބޮޑަށް ރައްޔިތުން އަޅައިގެންފާނެތީ ވަޑައިގެންނެވީ ކަމަށް ހިތާ ދެކޮޅަށް.“
ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ފަޒޫ ހުންނެވިއިރު, އެކަމަނާގެ މޫނުފުޅު މަތިން މާޔޫސް ކަމާއި ނުތަނަވަސް ކަމުގެ އަސަރު ފެންނަން ހުރި އެވެ. އަދި އެހަފްލާއަށް ވަޑައިގެން އިންނެވީ އެހެން ގޮތެއް ނެތިގެން ކަމުގެ އިހްސާސް ވެސް ކުރެވެ އެވެ.
މީގެ ދެ ދުވަސް ކުރިން ފަޒޫ އިންސްޓަރގްރާމްގައި ހިއްސާކުރި ޕޯސްޓްގައި ހިމަނާފައިވާ ލަވައިން ވެސް ދެމަފިރިންގެ ގުޅުން ރަގަޅު ނޫން ކަމުގެ މެސެޖް ވަނީ ދީފަ އެވެ.