އިންޑިޔާ ބަލިކޮށް ދީމާ ފައިނަލަށް.
ދެންމެ | 12 މެއި 2022

ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ކެޑޭޓް ސިންގަލްސް ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.

ދީމާ ފައިނަލްގެ ޖާގަ ޔަގީންކުރީ މިއަދު ކުޅުނު ސެމީ ފައިނަލްގައި ޓީޓީގެ ވަރުގަދަ ގައުމު އިންޑިއާއަށް ނިސްބަތްވާ ސަންދިކާއާ ކައިރިން ސީދާ ތިން ސެޓުންނެވެ. އެއީ އިންޑިއާގެ އެ އުމުރުފުރާގެ އެއްވަނަ ކުޅުންތެރިޔާވެސް މެއެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައި 11-9، 8-6 އަދި 15-13 އިންނެވެ. މެޗު ރަނގަޅަށް ފަށައި، ދީމާ އުންމީދާއެކު ކުޅެމުން ދިޔަކަން ފާހަގަވެގެން ގޮސްފައިވެއެވެ.

ފުރަތަމަ ދެ ސެޓުގައި ރަނގަޅު ކުޅުމެއް ދައްކައި ދީމާ ކުޅެފައިވާ އިރު، ފަހު ސެޓުގެ ފަހު ވަގުތުކޮޅުވީވެސް ޖަޒުބާތީ ވަގުތު ކޮޅަކަށެވެ. ހާއްސަކޮށް ފައިނަލްގެ ޖާގައާއެކު ދީމާގެ ލޮލުން ވަނީ އުފާވެރިކަމުގެ ކަރުނަ ފާއްދައިލައިފައެވެ. ދީމާ ޖަޒުބާތުގައި ކޯޗާއެކު ވަރަށް ބޮޑަށް އުފާފާޅުކުރި އިރު، އޭނާގެ ބައްޕަ ވަނީ ރޮވިފައި ހުރެ ދަރިފުޅު އުރާލައިފައެވެ. މުޅި ރާއްޖެއަށްވެސް ފަހުރުވެރި ވަގުތުކޮޅަކަށް އެ ވަގުތު ކޮޅު ވެގެން ދިޔައެވެ.

ދީމާ ފައިނަލްގައިވެސް ނުކުންނާނީ އިންޑިއާގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ. އެ މެޗު މިއަދު 15:00 ގައި ފެށޭނެއެވެ.

ސަރަހައްދީ ޖޫނިއާ މުބާރާތުގެ ކެޑޭޓް ކެޓަގަރީގެ ސިންގަލްސް ސެމީ ފައިނަލުން ދީމާ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ނޭޕާލްގެ އިވާނާ ތާޕާ ބަލިކުރުމަށް ފަހު އެވެ. ސީދާ ތިން ސެޓުން މޮޅުވި މެޗުގެ ސެޓުތައް ރާއްޖޭގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ ދީމާ ގެންދިޔައީ 11-4، 11-9 އަދި 11-7 އިންނެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!