އިގިރޭސި ރާނީ ކުއީން އެލްޒަބަތު 2 އަވަހާރަވި ހަބަރު މަޖިލީސް ވަޓްސަޕް ގްރޫޕުގައި މަޖިލީސް އިދާރާއިން އިއުލާން ކުރުމާއި އެކު ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމާއި ކުރީގެ މިނިސްޓަރ މުހައްމަދު ސައީދު އަރަބި ބަހުން އެކަމަނާއަށް ރަހްމަތް ލެއްވުމަށް ދުއާ ދަންނަވައިފި އެވެ.
އިސްލާމީ މިގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ވަޓްއަޕް ގުރޫޕްގައި ރާނީ އެލިޒަބަތު އަވަހާރަވި ހަބަރު އިއުލާން ކުރުމުން އެންމެ ފުރަތަމަ ހިތާމަ ފާޅު ކުރައްވާ މާތްﷲ އަށް އަރަބި ބަހުން ދުއާ ދަންނަވާފައި ވަނީ އެމްޑީޕީ ޕީޖީ ލީޑަރ މުހައްމަދު އަސްލަމެވެ.
ސޯސިއަލް މީޑިޔާގައި މިހާރު އާއްމްވެފައި ސްކްރީން ސޮޓުން ފެންނަ ގޮތުގައި ގާސިމް ވަނީ ދެ މެސެޖެއް ކުރައްވާފަ އެވެ.
އިގިރޭސި ރާނީ އަވަހާރަ ވުމުން މިހާރު ވަނީ އެކަމަނާގެ ދަރިކަލުން ޗާލްސް އިގިރޭސި ތަހުތަށް މިހާރު އިސް ކުރައްވާފަ އެވެ.
ގުޅުންހުރި ލިޔުންތައް