އީރާނުގެ ޕާލަމެންޓްގެ ރައީސް ދެއްވި ވަރުގަދަ ބަޔާނެއްގައި، އިސްލާމީ އުންމަތުގެ ދުޝްމަނުންގެ މިއަދުގެ ހާލަތު ވަނީ ވަރަށް ސާފުކޮށް ހާމަކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އަނިޔާވެރި ޔަހޫދީންނާއި އެމީހުންގެ މަދަދުގާރުން މިއަދު ތިބީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ނިކަމެތި ހާލަތެއްގައެވެ.
މި ހަނގުރާމައިގެ ސަބަބުން ދުޝްމަނުންގެ ދަރަނިތައް އިންތިހާއަށް ބޮޑުވެ، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އެމީހުން ވަނީ އިނދަޖެހިފައެވެ. ކަންކަން ގޯހުން ގޯހަށް ގޮސް، ބާރުގަދަ ކަމަށް ދައުވާކުރި އެމެރިކާ ވެސް މިއަދު ވަނީ ގޮތް ހުސްވެ ކޮރުވެފައެވެ.
އީރާނުގެ ޕާލަމެންޓްގެ ރައީސް އިތުރަށް ވިދާޅުވީ، ދުޝްމަނުން ”ނޯށުން ރޮވޭ ވަރަށް“ މި ހަނގުރާމަ ދިގުލައި ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ ބާތިލުގެ މައްޗަށް ހައްގު ކުރިހޯދާނެ ކަމުގެ ސާފު ހެއްކެކެވެ. އިރާދަކުރެއްވިއްޔާ ފަލަސްތީނުގެ ބިން މިނިވަންވެ، އަނިޔާވެރިން ބަލިވެ ފަނާވެގެންދާނެ ދުވަސް މާލަހެއް ނުވެ ފެންނާނެއެވެ.



