ފިތުރު ޒަކާތުގެ ގޮތުގައި 6000ރ. ބަހައިފި
ދެންމެ | 20 މާރޗް 2026

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި މީހުންނަށް 1447ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6000ރ.ބަހައިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނީ މިއީ މިހާތަނަށް ރާއްޖޭގައި ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހީ މިއަހަރު ކަމަށެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމްލަ 14މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަންވެސް ޒަކާތު ހައުސްއިން ފާހަގަކުރިއެވެ. އެ ފައިސާގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައިވަނީ 13.8މިލިއަން ރުފިޔާއެވެ.

ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަހަރު 7އޮންލައިން ޕޯޓަލްއަކުން ފިތުރު ޒަކާތް ބަލައިގެންފައިވެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ މީހުންނަށް ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!