މިއަހަރު ރާއްޖެއިން މިސް ޔުނިވާސްގައި ވާދަކުރާނީ 22 އަހަރުގެ ’ޔުއިން‘ ކަން އިއުލާން ކޮށްފި
ދެންމެ | 25 ޖޫން 2026

މި އަހަރު ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ވާދަކުރާކަން އިއުލާންކޮށްފި އެވެ.

މިސް ޔުނިވާސް އިން ބުނި ގޮތުގައި ނޮވެމްވަރު މަހު ޕޯޓެރިކޯގައި ބާއްވާ 75 ވަނަ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނީ އާމިނަތު ޔުއިން މުހައްމަދު ކަމަށެވެ. އުމުރުން މިހާރު 22 އަހަރުގެ ޔުއިން އަކީ މާލެ އަށް އުފަން މޮޑެލްއެކެވެ.

ރާއްޖެ އިން އެންމެ ފުރަތަމަ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވީ 2024 ގަ އެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ މަރިޔަމް ޝައިނާ ނަސީމެވެ.

މިސް ވޯލްޑް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތުގައި ސައްތަ ސައްތައިން މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ރާއްޖޭގެ ބައިވެރިޔަކު ގައުމު ތަމްސީލު ކުރަން ނިންމުމާ ގުޅިގެން އޭރު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

އެކަމާ ގުޅިގެން އޭރު ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަމަށްވާތީ ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުމަކީ ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ރީތީގެ ރާނީން އެ ގައުމުގެ ތަމްސީލުކޮށްދޭ މިސް ޔުނިވާސް އަކީ 1952 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިދިޔަ އަހަރު ތައިލޭންޑްގެ ބެންކޮކްގައި ބޭއްވި މުބާރާތުގައި ތާޖު ހާސިލުކުރީ މެކްސިކޯގެ ރީތީގެ ރާނީ ފާތިމާ ބޯޝް އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!