މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން، އިންތިޚާބު ކާމިޔާބުވުމަށްފަހު މާލޭގެ މައްސަލަތައް ހައްލުކުރުމުގައި އަމަލީ ގޮތުން މަގުމަތިން ނުފެންނާތީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ފާޑުވިދާޅުވެއްޖެއެވެ.
’އެކްސް‘ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، މާލޭގެ އާ ކައުންސިލަރުން އިންތިޚާބުވުމަށްފަހު، ރައްޔިތުން ތިބީ މާލޭގެ ސާފުތާހިރުކަމާއި، ޓްރެފިކް ނިޒާމަށް އަންނާނެ ބަދަލުތަކަށް އުއްމީދުކޮށްގެން ކަމަށެވެ. ވަކިން ހާއްސަކޮށް، މާލޭގެ ގޯޅިތަކާއި މަގުތަކުގެ ކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ކައުންސިލުން އަޅާނެ ފިޔަވަޅުތަކަކީ ރައްޔިތުން އިންތިޒާރު ކުރަމުންދާ ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގެ ހާލަތަށް އަލިއަޅުވާލައްވަމުން މޫސަ ވިދާޅުވީ، ހިނގާނެ ދުވާރު ނެތް ގިނަ ގޯޅިތަކެއް މާލޭގައި އެބަހުރި ކަމަށާއި، އެފަދަ ތަންތަނުގައި ދުވާރު ހަދާނެތޯ ބަލަން ރައްޔިތުން ތިބި ކަމަށެވެ.
ކައުންސިލަރުންގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދަވަމުން މޫސަ ވިދާޅުވީ، ”އިންތިޚާބުގައި ވޯޓު ހޯދަން ހިނގި އުސޫލުން މާލޭގެ ކަންކަން ހައްލުކުރުމުގައި ކައުންސިލަރުން މަގުތަކުގައި ހަރަކާތްތެރިވާ ތަނެއް އަދި ނުފެނޭ“ ކަމަށެވެ.
މާލޭސިޓީގެ އާކައުންސިލަރުންގެ އިންތިޚާބަށްފަހު އުއްމީދުކޮށްގެން މި ހުންނަނި މާލޭގެ ސާފުތާހިރުކަމަށް ކައުނސިލުން ކުރާނެކަމަކާއި، ޓްރެފިކް އިންތިޒާމްކުރުމާއި ގޯޅތަކާއި މަގުގެ ކަންމަތީގެ ޕާކިން ހުއްޓުވާނެތޯއާއި ބައެއް މަގުތަކާއި ގޯޅތަކުގާ ހިނގާނެ…
މޫސަ މިހެން ވިދާޅުވެފައިވާއިރު، މާލޭގެ ތަރުތީބު ގެއްލި، ޕާކިންގެ މައްސަލައާއި ކުނި ގިނަވުމުގެ މައްސަލައަކީ އާންމުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެކެވެ.



