ލ. ފޮނަދޫއިން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ފޮނަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ހިދުމަތަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ ވަނީ މިރޭ ކަމަށެވެ.
ކުރިން އެގުމަކާއި ނުލައި ކުއްލި ގޮތަކަށް މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑާލާފައި ވާއިރު އެރަށު ފެނަކަ ޓީމުން މައްސަލަ ހައްލު ކުރުމަށްދާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާއި ގުޅިގެން ފެނަކައިން މިހާތަނަށް ވަނީ މައުލޫމާތު ލިބޭ ގޮތް ނުވެފަ އެވެ.
މީގެ ކުރިންވެސް އެރަށުން ދޭތެރެދޭތެރެއިން ފެނުގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އެބަހުއްްޓެވެ. އެގޮތުން މީގެ ދެ ހަފްތާ ކުރިން ވެސް ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެރަށުން 10 ގަޑިއިރަށް ފެނުގެ ހިދުމަތް މެދުކެނޑުނެވެ.
އަދި ފެނަކައިން ކަރަންޓު ދިނުމަށް އެރަށުގައި ބޭނުންކުރަމުންދާ ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން މިދިޔަ އޮގަސްޓު މަސްތެރޭ ކަރަންޓްގެ ހިދުމަތްވެސް މެދު ކެނޑިފައި ވެއެވެ.