މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ ޢައްޔަން ކުރައްވައިފިއެވެ.
ޝިފާނާ މި މަޤާމަށް ޢައްޔަންކުރެއްވީ އިއްޔެއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.
ޝިފާނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާޞިލު ކުރައްވާފައެވެ.
ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ޝިފާނާ އެތަނުގެ އެޑިޝަނަލް ސެކެރެޓަރީއަކަށް ބަދަލުކުރެއްވި އިރު، ޕީއެސްގެ މަގާމަކީ މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކުގައި ސިވިލްސާވިސް ތަމްސީލްކުރާ އެންމެ އިސް މަގާމެވެ. ރާއްޖޭގައި މިހާރު ވަނީ، ފޮރިން ސާވިސްއަކީ ސިވިލް ސާވިސްއާ ވަކިން، ވަކި ހިދުމަތެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނެއް ފާސްކޮށް އަމަލުކުރަން ފަށާފައެވެ.
ގުޅުންހުރި ލިޔުންތައް