އިންޑިޔާގެ ފޮރިންގ ސެކްޓަރީ ފުރައިވަޑައިގެންފި
ދެންމެ | 03 އޮކްޓޯބަރ 2022

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ މޯހަން ކްވަތުރާ ފުރާވަޑައިގެންފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ މޯހަން ކްވަތުރާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފުގެ ދައުވަތަކަށެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ވަނީ ރާއްޖޭގެ ހާރިޖިއްޔާއާއެކު ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައި، އެކަމާއި ގުޅޭ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

މި 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު އެހީއެކެވެ. މިއީ ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިހާރުވެސް އިންޑިޔާގެ ލައިން އޮފް ކްރިޑިޓްގެ ދަށުން ގިނަ މަޝްރޫތަކެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!