އަޅުގަނޑަކީ މިހާރުގެ ބޮޑުތަކުރުފާނު: އަދުރޭ
ދެންމެ | 06 އޮކްޓޯބަރ 2022

މިޒަމާން ބޮޑުތަކުރުފާނަކީ ޕީއެންސީގެ ރައީސް އަބުދުއްރަހީމް (އަދުރޭ) ކަމަށް އޭނާ ބުނެފި އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ބުނީ ރައީސް ޔާމީނަކީ ބޮޑުތަކުރުފާނު ކަމަށް ކުރިން ރޭ ޖަލްސާގައި ބުނުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ކަމަށެވެ.

އަދުރޭ ބުނީ އެދުވަހު އުތީމް ބޮޑުތަކުރުފާން ކުރެއްވި މަސައްކަތަށް ވުރެ ބުރަ މަސައްކަތެއް މިއަދު މިގައުމު އިންޑިޔާއިން ސަލާމަތް ކުރުމަށް ކުރަން ޖެހިފައިވާ ކަމަށެވެ.

އަދުރޭ ބުނީ އޭނާ އާއި ބައިވެރިން ކުރަމުން މިދަނީ އެމަސައްކަތް ކަމަށާއި މިއަދު ދޯންޏެއްގައި ނުކުމެގެން މަސައްކަތް ނުކުރި ނަމަވެސް އެއަށްވުރެ މަސައްކަތް ބުރަކަމަށެވެ.

އަދުރޭ ބުނީ އެ ޒަމާނެއްގައި ބޮޑުތަކުރުފާނު މަސައްކަތް ކުރަމުން ގެންދާނީ އެޒަމާނަކާއި އެކަށޭނަ ގޮތަށް ހާލަތަށް ރިއާޔަތްކޮށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!