ޔޮހާނީ މި މަހު ރާއްޖެ ޝޯ ދޭން ހަމަޖެހިއްޖެ
ދެންމެ | 11 އޮކްޓޯބަރ 2022

ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިހާ ޔޮހާނީ މި މަހު ރާއްޖެ އަންނަގޮތަށް ހަމަޖެހިއްޖެއެވެ.

ބައިސްކޯފުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ޔޮހާނީ ބުނީ، ބައިސްކޯފުން އިންތިޒާމު ކުރާ ”ޗަނާޗާ 2022“ ގައި އޭނާ ޕާފޯމް ކުރާނެ ކަމަށެވެ.

ބައިސްކޯފުން ބުނީ، ޔޮހާނީ ރާއްޖޭގައި ޕާފޯމް ކުރާނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި ޝޯގެ ޓިކެޓް މިހާރު ލިބެން ހުންނާނެ ކަމަށާއި، އޮންލައިންކޮށް ޓިކެޓް ނެގޭގޮތް ހަމަޖެހިފައިވާ ކަމަށް ވެސް ބައިސްކޯފުން ވަނީ ބުނެފައެވެ.

ޔޮހާނީ އަކީ ”މަނިކޭ މަގޭ ހިތޭ“ ލަވައިން ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުއްލި މަގުބޫލުކަމެއް ހޯދި ފަންނާނެކެވެ. އޭގެފަހުން ޔޮހާނީ ވަނީ ބޮލީވުޑްގެ ބައެއް ލަވަތައްވެސް ކިޔާފައެވެ. ދާދިފަހުން މަނިކޭ މަގޭ ހިތޭ ގެ ހިންދީ ވާޝަން ވެސް ވަނީ ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!