ރައީސް ޔާމީން ރޭ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހި ގައުމަށްޓަކައި އަހަރެމެންވަނީ ވަނީ ތައުރީފް ހައްގު ފަޚުރެއް ކަމަށާއި، އަހަރެމެންގެ ކާބަފައިންވަނީ މި ޤައުމަށްޓަކައި އެތައް ގުނައެއް ބޮޑު ލަޝްކަރުތަކާއި ހަނގުރާމަކޮށްފައިކަމަށެވެ.
އަދި ހަމަ އެހެންމެ، ފެއްސާއި، ރަތާއި ހުދުގެ ދިދައަށްޓަކައި ކުރެވޭ ހަނގުރާމައަށްވުރެ މަތިވެރި ހަނގުރާމައެއް ނުވާކަމަށާއި، އެ ދިދައިގެ ދިފާއުގައި އެންމެ ފަހުނޭވާއާއި ޖެހެންދެންވެސް އަހަރެމެން ތިބެންޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިފަދައި ވިދާޅުވެ، ގައުމިއްޔަތުގެ ރޫހު އާލާވާފަދަ ޓުވީޓެއް ކުރައްވާފައިވާއިރު، އެމަނިކުފާނު އެންމެ ޓުވިޓާގައި އެންމެ ފުރަތަަމަ ހިއްސާ ކުރެއްވި ޓުވީޓުގައިވެސް ވުދާޅުވެފައިވަނީ ”ދިވެއްސަކަށް ވީތީ ފަޚުރުވެރިވަން“ ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގާ ”އިންޑިއާ އައުޓް“ ހަރަކާތަކީވެސް ދިވެހި ގައުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި، ހިންގާ ހަރަކާތެއް ކަމަށް ވިދާޅުވެ، އެ ކަން ހުއްޓާނުލައި އެންމެހައި ދިވެހިންވެސް ބައިވެރިވެގެން ކުރިއަށް ގެންދިޔުމަށް އެކި ފަހަރުމަތިން ދިވެހިންގެ ކިބައިން އެދިފައެވެ.
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!