ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި
ދެންމެ | 16 މެއި 2022

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި 40 އަހަރުގެ ފިރިހެނެއްގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލަ ރިޕޯޓު ކޮށްފައިވަނީ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށަކުން ކަމަށެވެ. ނޯތު ޕޮލިސް ރީޖަންގައި ހިމެނެނީ ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާ ހައްޔަރުކުރީ ކޮން ދުވަހަކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން 24 ގަޑައިރު ތެރޭގައި ކޯޓަށް ހާޒިރުކުރަން ޖެހެއެވެ. އެހެންކަމުން ފުލުހުން އެ ފިރިހެން މީހާ ހައްޔަރުކުރީ އިއްޔެ ނުވަތަ މިއަދުގެ ވަގުތެެއްގައެވެ.

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހުގީގުކުރަމުންނެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!