ކުރެއްދޫ ރިސޯޓުގައި އުއްޗު އާއީ ޔޮހާނީ ބައްދަލު ކުރައްވައިފި
ދެންމެ | 03 ނޮވެމްބަރ 2022

ސްރީލަންކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޔޮހާނީ ޑި ސިލްވާ މަސްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އާއި ބަދަލު ކުރައްވައިފި އެވެ.

މިބައްދަލު ކުރެއްވުން އޮތީ އުއްޗު ކުރެއްދޫ އައިލެންޑް ރިސޯޓްގަ އެވެ. މި ބަދަލުވުމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަމުރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްޗު އަރިހަށް ޔޮހާނީ ކުރެއްވި ޒިޔާރަތަށް ފަހު މިހާރު ޔޮހާނީ ގެންދަވަނީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް ހުންނަ ހުރަވަޅީގައި ޗުއްޓީ ހޭދަ ކުރައްވަމުން ނެވެ.

ދިޓީވީގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޔޮހާނީ އާއި ބައްދަލުވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ލައިވް ޕާފޯމަންސާއި އެކު ޔޮހާނީ ޝޯ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު އަދި ރޭގަނޑު ވަނީ ހުޅުމާލޭގައި ބާއްވައިފި އެވެ.

ހަވީރުގެ ޝޯއަށް ހިލޭ ވަދެވިފައިވާއިރު ރޭގަނޑުގެ ޝޯއަށް 150 ރުފިޔާގެ ޓިކެޓެއް ނަގަންޖެހުނެވެ.

އަދި ޔޮހާނީ އާއި ވަކިން ބައްދަލުކޮށްލަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް ބައިސްކޯފް އިން ވަނީ ދީފަ އެވެ. އެކަމަށް ވީއައިޕީ ޓިކެޓެއް ނަގަންޖެހުނު އިރު، މި ޓެކެޓުގެ އަގަކީ 999 ރުފިޔާ އެވެ.

ޔޮހާނީ ބުނިގޮތުގައި މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!