ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މޫސުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހާމަ ކުރައްވާފައި ވަނީ މިއަދުގެ ހެނދުނު 6:00 ން ފެށިގެން 10:00 އާއި ހަމައަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މާލެއަށް ވެސް ރެއިން ފެށިގެން މޫސުން ވަރަށް ގޯސްކަން ފާހަގަ ކުރެވެއެވެ.
ރާއްޖެއަށް މިދުވަސްވަރު ވިއްސާރަވެ ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ.
ގުޅުންހުރި ލިޔުންތައް