ރައީސް ސޯލިހްގެ ސަރުކާރު ނިމެން އެންމެ އަހަރަކަށްވުރެ ކުޑަތަން ވެފައިވާއިރު ސަރުކާރު ކޮށް ސިޔާސީ ފަރާތަކުން ފެޔަށް ޖެހެން ފަށާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެ އެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ނައިބުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި އެހެން ވެސް ސިޔާސީ މަގާމްތަކުގައި ތިއްބެވި ގިނަ ބޭފުޅުން ގެންދަވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރާކަން ހާމަ ކުރައްވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަސީދު ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން ޔަގީން ވުމާއި އެކު އެތައް ބަޔަކު މިހާރު ވެސް ވަނީ ޕްރައިމަރީގައި އެމަނިކުފާނާއި ނިކުންނަވާނެ ކަން ހާމަ ކުރައްވާފަ އެވެ.
ބަގުރޫޓް ވިޔަފާރިވެރިޔާ އެމްޑީޕީގެ ޗެއަރޕާޝަން ފައްޔާޒުގެ ރުންކުރު ސިޔާސަތުގެ ސަބަބުން ޕާޓީގެ އެކްޓިވިސްޓުންގެ ބޮޑު ބައެއް ވަނީ ރައީސް އިބޫ އަށް ތާއީދު ކުރުން ހުއްޓާލައިފަ އެވެ.
ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ ސިޔާސަތުގެ ސަބަބުން ގައުމުގެ ބޮޑެތި ވިޔަފާރިވެރިން ވެސް ވަނީ ސަރުކާރު ދޫކޮށްލާފަ އެވެ. އަދި ޓެކްސް ބިލްގެ ކަންތަކުގައި ވިޔަފާރިވެރިންނާއި މަސްވަރާ ކުރުމެއް ނެތި ގަދަ ބާރުން ޓެކްސް ބޮޑު ކުރަން ނިންމި ނިންމުމަކީ ވެސް ވިޔަފާރިވެރިންގެ ނުރުހުން ސަރުކާރަށް އަމާޒުވި ސަބަބެކެވެ.