ފާހާނައެއް ތެރެއިން ޣަފޫރު ހައްޔަރު ކޮށްފި.
ދެންމެ | 17 މެއި 2022

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 17:12 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

މިމައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން ބުނެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!